ރިޕޯޓް

ރަމަޟާން މަހަށްޓަކައި ތިބާގެ ދަރިން ތައްޔާރު؟

ދުނިޔޭގެ އެކިކަންކޮޅުތަކުގައި ދިރިއުޅޭ އެންމެހައި މުސްލިމުންނަށްވެސް ރަމަޟާން މަހަކީ ވަރަށް ޚާއްޞަ މަހެކެވެ. ރަމަޟާންމަހަކީ އަހަރެމެން ހުރިހާ މުސްލިމުންވެސް އެމަހަކަށްޓަކައި އިންތިޒާރު ކުރަމުންދާ މަހެކެވެ. އެއީ ހަމައެކަނި އެމަހެއްގައި ހުރިހާ ދުވަސްތަކެއްގައި ރޯދައަށް ތިބެ ﷲ ގެ މަތިން ހަނދުމަކޮށް އަޅުކަމުގެ ފޯރި އެހެން ހުރިހާ މަސްތަކަކަށްވުރެ އިތުރުކުރާމަހެވެ. މުޅިއަހަރު ދުވަހު ހޭދަކުރި ބިޒީ ޝެޑިއުލް އަށް ބަދަލުތަކެއް ގެނެސް މީހާގެ ދުނިޔެވީ މަސައްކަތްތައް ކޮންމެވެސް ވަރަކަށް އެކަހެރިކޮށްލުމަށްފަހު އުޚުރަވީ ޙަޔާތާ މެދު ފިކުރުކޮށްލާން ލިބޭ މަހެކެވެ. އަޅުގަނޑުމެންގެ ޢާއްމު ދިރިއުޅުން މިދެންނެވި ބީދައިން...

ތުޅާދޫގެ ރައްޔިތުންނަށް ރަން ހުވަފެނެއް!

ރިޔާސީ އިންތިޚާބު ކައިރިވަމުން އަންނަ މިދުވަސްވަރު ޕާޓީތަކުން ދަނީ ކެމްޕޭން ޖަލަސާތައް ފޯރިއާއެކު ބާއްވަމުންނެވެ. އެގޮތުން އެމްޑީޕީގެ ޖަލްސާއެއް ބ.ތުޅާދޫގައި ވަނީ ބާއްވާފައެވެ. މިޖަލްސާގައި އެމްޑީޕީގެ ގިނަމެންބަރުންތަކެއް ވާހަކަ ފުޅުދެއްކެވިއެވެ. ޚާއްސަކޮށް ފާހަޤަކޮށްލަންޖެހެނީ އެޕާޓީގެ ރިޔާސީ ކެންޑިޑޭޓުގެ ވާހަކަފުޅެވެ. އެމަަނިކުފާނުގެ ވާހަކަފުޅުގައި އެޕާޓީގެ އުންމީދީ މެނިފެސްޓޯ ހުށަހެޅުއްވިއެވެ. އެހެންނަމަވެސް އެހުށައެޅުއްވި ކަންތައްތަކުގައި އުންމީދީ ކުލައެއްނެތެވެ. އަދި އެމެނިފެސްޓޯ ހުށަހެޅުއްވިއިރު ، މިއަދު މިރާއްޖެ މިދެކޭ ތަރައްޤީއާއި ރައްޔިތުންނަށް މިއަދު މިލިބޭ ނަފާ އާއި އަޅާނުކިޔޭނެ ގިނަކަންތައްތަކެއް ހުރިކަން ފާހަގަކުރެވެއެވެ. ކޮންމެގޮތެއްވިޔަސް ރައްޔިތުން މިއަދު ބޭނުންވަނީ...

ސަޕޯޓަރުންގެ ހިއްވަރުން ފެހެންދޫ ޓީމަށް ދިރުން ގެނެސްދީފި

ފުޓްބޯޅަ ޓީމެއްގައި ހިމެނޭ 12 ވަނަ ކުޅުންތެރިޔާއަކީ ، ދެންތިބި 11 ކުޅުންތެރިންނާއި ނުބައްދަލު މުހިންމު ކުޅުންތެރިއެއްކަން ހޯމް މެޗްތަކުގައި ދުނިޔެ ދަނީ ދައްކަމުންނެވެ. މެޗެއްގެ އޮއެވަރު ބަދަލުކޮށްލުމަށް އެ ކުޅުންތެރިޔާ އަދާކުރާ ދައުރު ކިތަންމެ ރަނގަޅަކަށްވެސް ފެހެންދޫ ޓީމުން ވަނީ ދައްކުވައިދީފައެވެ. މާޒީގެ އެތައް ތަޖުރިބާތަކާއެކު ހުއްޓުމެއްނެތި 90 މިނިޓް އެއްވާނެއްގައި ފެހެންދޫ ސަޕޯޓަރުން ކޮށްފައިވާ ހިތްވަރުގެ ވާހަކަ އިހަށް ބާއްވާލުމަށްފަހު މިމަހުގެ 25 ވަނަ ދުވަހު ފެހެންދުއާއި 100 މޭލު ދުރުގައިވާ ށ.ފޯކައިދޫގެ ދަނޑުގައި ހ.އ މުރައިދުއާއި ދެކޮޅަށް ފެހެންދޫ ޓީމު...

ކަރަންޓު ބިލު ކުޑަކުރުމަށް މޮޅު ޙައްލެއް!

މިއަދު ދިވެހީންގެ ދިރިއުޅުމުގެ ޚަރަދުތައް މިވަނީ އިންތިހާއަށް މައްޗަށް ގޮސްފައެވެ. ލިބޭ އެއްޗަކަށްވުރެ ޚަރަދުކުރަން ޖެހޭވަރު ގިނަވެ، އަނގަޔާއި އަތް މިވަނީ ދިމާނުވެފައެވެ. ޢާއިލާއެއްގެ ދިރިއުޅުމުގެ ޒަރޫރީ ބޭނުންތައް، ޢާއިލާ އެންމެން މަސައްކަތް ކޮށްގެންވެސް ފުއްދާލެވެނީ ހަމަ ކިރިޔާއެވެ. ކަން މިހެން އޮތްއިރު، ކަރަންޓުބިލު ފަދަ އިތުރު ފީތައް ދައްކައި ނިމޭއިރު މީހާ އޮންނަނީ ދަރަނިވެރިވެފައެވެ. ކަރަންޓުގެ އަގު ބޮޑުކަމުގެ ޝަކުވާއަކީ މިއަދު އެންމެންވެސް ކުރާ ޝަކުވާއެވެ. ކަރަންޓު ބިލަށް ދައްކަން ޖެހޭ ވަރު ކުޑަކުރެވޭނެ ގޮތަކާ މެދު އެންމެންވެސް ފިކުރުކުރެއެވެ. ކަރަންޓު ޚަރަދާއި ކަރަންޓު...

މޫދު ކުޅިވަރަށް މިވަރެއް ނެތް! އަމިއްލަ ރަށުގައި ވޯޓަރސްޕޯރޓްސް ހަރަކާތްތައް ފެށުމުގެ އުއްމީދުގައި!

އެންމެ ފުރަތަމަ މޫދު ކުޅިވަރު ކުޅެން ފެށީ އުމުރުން ގާތްގަނޑަކަށް 10 ނޫނީ 11 އަހަރުގައެވެ. އޭރު އުޅެނީ ގްރޭޑް ފަހެއްގައެވެ. ދޮންބެ ގެނައި ވިންޑް ސާފެއް ދުއްވަން ފެށީ ދޮންބެގެ އެހީގައެވެ. އެ ދުއްވަން އުޅެނިކޮށް ބޮޑު އަނިޔާއެއްވެސް ވިއެވެ. އެކަމަށް ބެލުމެއް ނެތި ދޮންބެ ފޮރުވާފައި އޮއްވައިވެސް ވިންޑް ސާފް ނަގައިގެން ދުއްވިއެވެ. ކަމަށް ހުރި ޝައުގެއްގެ ބޮޑުކަމުންނެވެ. މިހާރު އެއީ މޫދު ކުޅިވަރުގައި ރާއްޖޭގައި ފާހަގަކޮށްލެވޭ ނަމެކެވެ. ބ ތުޅާދޫ އަށް ނިސްބަތްވާ ހުނަރުވެރިއެކެވެ. އިބްރާހިމް ފާޔާޒް ނުވަތަ...

މުދައްރިސުންގެ ދުވަސް ފާހަގަ ކުރަންވީ ކީއްވެ.!؟

މުޅި ޤައުމު އެބަޔަކައްޓަކައި ފަޚުރުވެރިވުން ޙައްޤު ބައެކެވެ. އަމިއްލަ މަސްލަހަތާއި، ދުނިޔަވީ އުފަލައްވުރެ، ޤައުމާއި، މުޖުތަމައާއި، ދަރިވަރުންގެ ޙައްޤުގައި އަމިއްލަ އުފާތައްވެސް ޤުރުބާން ކުރަައްވަވާ ބައެކެވެ. މިދައްކަނީ، އެބައެއްގެ ފުރިހަމަ ޚިދުމަތް ދުވަހަކުވެސް ޖައްވުން ފިލައިގެން ނުދާނޭ ބައެއްގެ ވާހަކައެވެ. އަޅުގަނޑުމެންގެ ލޮބުވެތި މުދައްރިސުންގެ ވާހަކައެވެ. ޤައުމު އައު އުސްމިންތަކަކަށް ކުރާ މިދަތުރުގެ އާރުކާޓީންގެ ދައުރު އަދާކުރަމުން އަންނަ، އަޅުގަނޑުމެންގެ މުދައްރިސުންނަކީ، މުޖުތަމައުގެ ކޮންމެ ރަނގަޅު ކަމެއްގައި ހިއްސާއެއް އޮންނަ ބައެއްކަން މިފާހަގަ ކުރަނީ ނުހަނު އުފަލާ އިޙްތިރާމްއާއި އެކުގައެވެ. މުދައްރިސުންގެ ހުނަރު ދައްކާލަނީ...

އިފްހާމް – އުއްމީދަކީ ފުޓްސަލްގައި ދެވޭނެ އެންމެ ދުރަކަށް ދިޔުން

ޒުވާން ގިނަ ފިރިހެން ކުދިންނެކޭ އެއްފަދައިން ބ ތުޅާދޫ އަސްރަފީގެ، އިފްހާމް ރަޝާދު (އިފުޑި) އަކީވެސް ފުޓްބޯޅަ އަށް ލޯބި ކުރާ ޒުވާނެކެވެ. އެންމެ ކުޑައިރުއްސުރެ ފުޓްމޯޅަ ކުޅެމުން އައި އިފްހާމްގެ ތަފާތަކީ ފުޓްބޯޅަ އަށް ވުރެ ބޮޑަށް ފުޓްސަލް އަށް ދެވިފައިވާ ލޯތްބެވެ. ތުޅާދޫ އޮންލައިން އަށް ދިން ހާއްސަ އިންޓަވިއުއެއްގައި އިފްހާމް ބުނީ އެންމެ ކުޑައިރު "ބޯޅަކުޅެން" ގޮސް އުޅުނީ "ޓާގެޓް" ކުދިންނާ އެކު ކަމަށާއި މިއަދު ހުރި ހިސާބަށް އައުމުގައިވެސް ޓާގެޓް ގެ ހިއްސާ ބޮޑު ކަމަށެވެ. އިފްހާމް ވަނީ...

ދިވެހިރާއްޖޭގެ ސިޔާސީ މަޝްރަހާމެދު އަޅުގަނޑުގެ ޚިޔާލު! (ފުރަތަމަބައި)

މުސްލިމް ޤައުމެއްގެ ގޮތުގައި އޮވެ އިސްލާމްކަންމަތީ އުފަންވި ދިވެހި މި ޖީލަށް ވަނީ 1990 ވަނަ އަހަރުގެ ތެރޭގައި ތަސައްވަރުނުކުރެވޭފަދަ ބަދަލުތަކާއި ކުރިމަތިލާންޖެހިފައެވެ. އަދި 1990ގެ އަހަރުތަކުގެ ތެރޭގައި އިސްލާމްދީން ރަނގަޅަށް އޮޅުންނުފިލާތިބި ބަޔަކާއި އިސްލާމްދީނަކީ ތެދުވެރިކަމާއި އިންސާފަށްލޯބިކުރާ ދީނެއްކަމުން އެކަމާއިބިރުހީވި މަދުބަޔަކު ދިޔައީ އެންމެންގެ މައްޗަށް ބާރުފޯރުވާ ދީން ބަލިކަށިކުރުމަށް މަސައްކަތްކުރަމުންނެވެ.  މުސްލިމުންނަށް ވީތީ އަހަރެމެންނަކީ އިސްލާމްދީނަށް ނަސްރުދީ އިސްލާމްދީން ކުރިއަރުވަން އަބަދުވެސް މަސައްކަތްކުރަމުން އަންނަ ބައެކެވެ.  2000 ވަނަ އަހަރުގެ ކުރީކޮޅުން ފެށިގެން ސްރީލަންކާ، އިނގިރޭސިވިލާތް އަދި އެހެން ޤައުމުތަކުގައި އަހަރެމެން...

ބޭނުންވަނީ ވޮލީގެ ދާއިރާއިން ކުރިއަށްދާން – ޝިރުޙާން

މާޅޮސްމަޑުލު ދެކުނުބުރީ ގޮއިދޫއަށް އުފަން ޝިރުހާން ޢަލީ ނުވަތަ ރަށު އެންމެންގެ ނަމުންނަމަ ސިޑޭ އަކީ ގޮއިދޫގައި އިތުރު ތަޢާރަފަކަށް ބޭނުންވާނެ ޒުވާނެއް ނޫނެވެ. ހަމައެކަނި ގޮއިދޫއެއް ނޫނެވެ. ބ. އަތޮޅުގައިވެސް ސިޑޭއަކީ މަޝްހޫރު ނަމެކެވެ. ގޮއިދޫ ސްކޫލުގެ ގްރޭޑް 10 ގައި ތަޢުލީމު ހާސިލްކުރަމުންދާ ޝިރުހާންއަކީ ގޮއިދޫގެ އުދަރެހުން ފާއްދާލި ހުނަރުވެރިއެކެވެ. ވޮލީގައި ގޮއިދޫން އުފެދުނު ހުނަރުވެރި ތަފާތު ކުޅުންތެރިއެކެވެ. ވޮލީގައި އަރަމުން އަންނަ އުއްމީދީ ޒުވާން ކުޅުންތެރިއެކެވެ. އިންޓަސްކޫލް މުބާރާތްތަކުގައި ބައިވެރިވުމަށް ސްކޫލުގެ ޕްރިންޕަލްގެ އެހީތެރިކަމާއެކު ވޮލީގެ މައިދާނަށް ނުކުތް ޝިރުހާނަކީ ގްރޭޑް...

ފައިސާގެ ބޮޑެތި އިނާމުތަކަކާއެކު “އެމް.ޑަބްލިޔު.އެސް.ސީ ރިސައިކަލްސް”

މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމް.ޑަބްލިޔު.އެސް.ސީ) އަކީ، ދިވެހިރާއްޖޭގެ ނާޒުކު ތިމާވެށި ހިމާޔަތްކުރުމަށް މަސައްކަތްކުރާ ފަރާތްތަކުގެ ތެރޭން، ފާހަގަކޮށްލެވޭ ކުންފުންޏެކެވެ. އެގޮތުން "ރިވެތި ރާއްޖެ، މަގޭ ރާއްޖެ" މި ޝިއާރުގެ ދަށުން ތިމާވެއްޓާ މެދު ރައްޔިތުން ހޭލުންތެރިކުރުވުމަށް އެމް.ޑަބްލިޔު.އެސް.ސީ އިން ދަނީ ގިނަގުނަ ހަރަކާތްތަކެއް ހިންގަމުންނެވެ. ދުނިޔޭގެ ތިމާވެށީގެ ދުވަހާ ގުޅިގެން އެމް.ޑަބްލިޔު.އެސް.ސީ އިން ވަނީ،"އެމް.ޑަބްލިޔު.އެސް.ސީ ރިސައިކަލްސް" ގެ ނަމުގައި ވަރަށް ޚާއްސަ މައުރަޒެއް އިއުލާނުކޮށްފައެވެ. މި މައުރަޒުގައި ބައިވެރިވުމުގެ ފުރުސަތު، ޖޫން 5 އިން ފެށިގެން 31 ޖުލައި 2017...

- Advertisement -

ފަހުގެ

- Advertisement -