ޓީ އެފް އެސް ފްޓްސަލް ޗެލެންޖްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

ފިނޮޅު ރިސޯޓްގައި މަސައްކަތްކުރާ ތުޅާދޫ ޒުވާނުން އިސްނަގައިގެން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ “ޓީ.އެފް.ސީ ފްޓްޗަލް ޗެލެންޖް” މިއަހަރުވެސް ބާއްވާ ގޮތަށް ނިންމާ މުބާރާތުގައި ބައިވެރި ވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

ޓީ.އެފް.ސީ ފްޓްސަލް ޗެލެންޖްގެ އިންތިޒާމް ކޮމިޓީން މަޢުލޫމާތުދޭ ގޮތުގައި މި އަހަރުގެ މުބާރާތް ފެށުމަށް ހަމަޖެހިފައި ވަނީ 2019 މެއި 08 ވަނަ ދުވަހު ކަމަށާއި މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް މިހާރު ދޫކުރަމުން ދާކަމަށެވެ. އަދި ފޯމް ބޭނުންވާ ފަރާތްތަކުން 7852470 އަށް ގުޅުމުން ފޯން ލިބޭނެ ކަމަށްވެސް އިންތިޒާމް ކޮމިޓީން މަޢުލޫމާތު ދެއެވެ.

ފިނޮޅުގައި މަސައްކަތްކުރާ ތުޅާދޫގެ ޒުވާނުން އިސްނަގައިގެން އެންމެ ފުރަތަމަ 2017 ވަނަ އަހަރު ބާއްވާފައި ވަނީ ތްރީ އޮން ތްރީ ފްޓްބޯޅަ މުބާރާތެކެވެ. އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައި ވަނީ ކަފަމާ ޔުނައިޓެޑް އިންނެވެ.

2018 ވަނަ އަހަރު ބޭއްވި ފްޓްސަލް ޗެލެންޖްގެ ޗެމްޕިއަން ކަން ހޯދާފައި ވަނީ ލެޑިލެޑި އިންނެވެ.

މި މުބާރާތުގައި ބައިވެރިވުމުގެ ފޯމް ހުށަހެޅުމުގެ ސްންގަޑިއަކީ 2019 މެއި 01 ވަނަ ދުވަހުގެ 18:00 އެވެ. މުބާރާތުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން ފޯމް ހުށަހެޅުމުގެ ކަންކަން ކުރިޔަށް ގެންދިއުމަށް 7501891 އަށް ގުޅުއްވައިގެން ކުރިޔަށް ގެންދިއުމަށްވެސް އިންތިޒާމް ކޮމިޓީން އެދެއެވެ.

ޓީ.އެފް.އެސް ފްޓްސަލް ޗެލެންޖްއާއި ގުޅޭގޮތުން އިތުރުމަޢުލޫމާތެއް ސާފް ކުރައްވަން ބޭނުންވާ ފަރާތްތަކުން 9109101 އަށް ގުޅުއްވުމަށްވެސް އިންތިޒާމް ކޮމިޓީން އެދެއެވެ.

 

ނޯޓް:

ފޯމް ދޫކުރުން: މުޙައްމަދު ނާޞިޙް  7852470

ފޯމް ބަލައިގަތުން: ޙުސައިން ސާއިދު  7501891

 

ޝެއަރ ކުރައްވާ

ކިޔުންތެރިންގެ ޚިޔާލު

ޚިޔާލު ލިޔުއްވާ
ނަން ލިޔުއްވާ