ދިވެހި ފިލްމް “ނަފްރަތުވުމުން” ތުޅާދޫގެ ސްކްރީނަށް!

ނަފްރަތުވުމުންގެ މަންޒަރެއްގައި ލީޑު ތަރި އައްޒަ--

ދިވެހި ފިލްމް “ނަފްރަތުވުމުން” ތުޅާދޫ ސިލްވަރ ޝައިން ކްލަބްގެ ސްކްރީންގައި އެޅުވުމަށް އެ ކްލްބްއިން ނިންމައިފިއެވެ.

ތުޅާދޫ އޮންލައިންއަށް މަޢުލޫމާތު ދެއްވަމުން އެ ކްލަބްގެ ޗެއަރޕާސަން މުޙައްމަދު މުމްތާޒް ވިދާޅުވީ “ނަފްރަތުވުމުން” ޓީއެސްއެސްސީ ގެ ސްކްރީންގައި އެޅުވުމަށް ހަމަޖެހިފައި ވަނީ މި އޭޕްރީލް މަހުގެ 18 ވަނަ ދުވަހުގެ ރޭ ކަމަށެވެ.

ދަރަވަންދޫގައި މަންޒަރުތައް ނަގާފައިވާ”ނަފްރަތުވުމުން”ގެ ލީޑު ރޯލުން ފެންނާނީ މަރިޔަމް އައްޒަ އާއި އަލީ އާޒިމް (ދޮން އައްޔަ) އެވެ. އަދި “ނަފްރަތުވުމުން”ގެ މުހިއްމު ރޯލަކުން އަހުމަދު އީސަ(އާނަންދު) ވެސް ފެނިގެންދާނެ އެވެ.

FIRST LOOK OF "NAFRATHVUMUN"

FIRST LOOK OF "NAFRATHVUMUN"RELEASING APRIL 2019#loveandhate2019

Posted by Nafrathuvumun on Thursday, 28 February 2019

މި ފިލްމަކީ ތިނެސްކަން ލޯބީގެ ވާހަކައަކަށް ތައްޔާރުކޮށްފައިވާ ފިލްމެކެވެ.

ލޯބި ހޯދޭނީ ލޯބިންތޯ ނުވަތަ ލޯތްބަކީ ފައިސާ އާއި މުދާވެރިކަމުން ގަނެވޭނެ އެއްޗެއްތޯ އެ ފިލްމު ނިކަން ރަނގަޅަށް ސާބިތުކޮށްދޭނެ ކަމަށް ޔޫއްޕެ ވަނީ ވިދާޅުވެފައެވެ..

ރާއްޖޭގެ މުޖުތަމައު ތެރޭގައި ބޮޑުވެފައިވާ މައްސަލައަކަށް މި ފިލްމު ވަނީ އަލިއަޅުވާލައިފަ އެވެ.

ދިވެހި ފިލްމް “ނަފްރަތުވުމުން” ގެ ޓިކެޓެއްގެ އަގަކީ 100 ރުފިޔާއެވެ. މި ފިލްމުގެ ޓިކެޓް ތުޅާދޫއިން ލިބެން ހުންނާނީ “ޓީއެސްއެސްސީ”ގެ ކައުންޓަރުންނެވެ. އަދި މި ފިލްމާ ގުޅޭ ގޮތުން މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންވާ ފަރާތްތަކުން 7914889، 9191289 އަދި 7644044 އަށް ގުޅުއްވުމުން އެ މަޢުލޫމާތެއް ލިބިވަޑައި ގަންނަވާނެއެވެ

ޝެއަރ ކުރައްވާ

ކިޔުންތެރިންގެ ޚިޔާލު

ޚިޔާލު ލިޔުއްވާ
ނަން ލިޔުއްވާ