ތުޅާދޫ ކައުންސިލްގެ ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

ތުޅާދޫ ކައުންސިލްގެ ޤްރުއާން މުބާރާތް 2016 – ފޮޓޯ: ތުޅާދޫ ކައުންސިލް

ބ. ތުޅާދޫ ކައުނސިލް އިން އިންތިޒާމް ކޮށްގެން ބާއްވާ ތުޅާދޫ ކައުންސިލްގެ ޤްރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

ތުޅާދޫ ކައުންސިލުން މަޢުލޫމާތުދޭ ގޮތުގައި މި މުބާރާތަކީ، ބ. އަތިޅު ކައުންސިލުން ބާއްވާ “ބ. އަތޮޅު ޤުރުއާން މުބާރާތް 1440” ގައި ތުޅާދޫ ކައުންސިލުގެ ފަރާތުން ވާދަކުރާނެ ދަރިވަރުން ހޮވުމަށްޓަކައި ކުރިޔަށް ގެންދާ މުބާރާތެކެވެ.

ތުޅާދޫ ކައުންސިލްގެ ޤުރުއާން މުބާރާތް ފެށުމަށް ހަމަޖެހިފައި ވަނީ 2019 މެއި 16 ވާ ބުރާސްފަތި ދުވަހުއެވެ.

ތުޅާދޫ ކައުންސިލްގެ ޤްރުއާން މުބާރާތް 2016 – ފޮޓޯ: ތުޅާދޫ ކައުންސިލް

މި މުބާރާތުގައި ދަރިވަރުން ބައިވެރިކުރުވަން ބޭނުންވާ ސްކޫލުތަކުންނާއި ރަޖިސްޓްރީ ކޮށްގެން ހިންގާ ޤުރުއާން ކުލާސްތަކުގެ އިތުރުން ޕްރީ ސްކޫލުތަކުން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް މިއަދުން ފެށިގެން ހުށަހެޅުމުގެ ފުރުޝަތު ވަނީ ހުޅުވާލާފައެވެ.

މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ލިބެން ހުންނާނީ ތުޅާދޫ ކައުންސިލްގެ އިދާރާއިންނެވެ.

ތުޅާދޫ ކައުންސިލްގެ ޤްރުއާން މުބާރާތް 2016 – ފޮޓޯ: ތުޅާދޫ ކައުންސިލް

މުބާރާތުގައި ބައިވެރިވުމަށް އެދި ފޯމް ހުށަހެޅުމުގެ އެންމެ ފަހު ތާރީޙަކީ 2019 މެއި 03 ވާ ބްރާސްފަތި ދުވަހުގެ 14:00 ކަމަށް ތުޅާދޫ ކައުންސިލުން މަޢުލޫމާތު ދެއެވެ.

ތުޅާދޫ ކައުންސިލުން މިއަދު ވަނީ މުބާރާތުގެ ޤަވާޢިދު ވެސް އާންމު ކޮށްފައެވެ.

ޝެއަރ ކުރައްވާ

ކިޔުންތެރިންގެ ޚިޔާލު

ޚިޔާލު ލިޔުއްވާ
ނަން ލިޔުއްވާ