މާރެސް ވޮލީ މުބާރާތް: ގޮއިދޫ ޓީމުގެ ފެށުން ރަނގަޅުކޮށް ފެންވަރު ދައްކާލައިފި

މާރެސް ވޮލީ މުބާރާތް: ޓީމް ގޮއިދޫ

މާރެސް އަތޮޅު ވޮލީ މުބާރާތުގެ އެންމެފަހުގެ ޗެމްޕިއަން ގޮއިދޫއިން އެޓީމުގެ ފެށުން ރަނގަޅުކޮށް  ފެންވަރު ދައްކާލައިފިއެވެ.

ބ. މާޅޮސް ރެކްރިއޭޝަން އެންޑް އެންވަޔަރމަންޓް ސޮސައިޓީ (މާރެސް) ން ބ. އަތޮޅުގެ ރަށްތަކަށް ހުޚުވާލައިގެން ބާއްވާ މި މުބާރާތުގެ ފުރަތަމަ މެޗު ގޮއިދޫއިން ކާމިޔާބުކުރީ ދަރަވަންދޫއާ ބައްދަލުކޮށް ސީދާ 3 ސެޓުންނެވެ.

އެންމެ ފަހުގެ ޗެމްޕިއަން ގޮއިދޫއިން މި މެޗުގެ ސެޓުތައް އެޓީމުން ގެންދިޔައީ 25،20، 25،8 އަދި 25، 17 އިންނެވެ. މި މެޗުގެ މޮޅު ކުޅޫންތެރިޔާގެ މަޤާމަށް ހޮވުނީ ގޮއިދޫގެ ޖާރޒީ ނަމްބަރު 12 ޝާނިޔާ އަޙްމަދު ނިޒާމްއެވެ.

މި މަހުގެ 12 ވަނަ ދުވަހު ފެށި މި މުބާރާތް މި މަހުގެ 18 އާއިހަމައަށް ކުރިއަށްދާއިރު، މި މުބާރާތުގެ އަންހެން ޑިވިޜަންގައި 4 ޓީމް ބައިވެރިވެފައި ވާއިރު ފިރިހެން ޑިވިޜަންގައި 6 ޓީމު ވަނީ ބައިވެރިވެފައެވެ.

ފިރިހެން ޑިވިޜަންގެ މެޗުތައް އޭޕްރީލް 19ން 27 އަށް ކުރިއަށް ގެންދިއުމަށް ތާވަލުކޮށްފައިވާ އިރު، މި ޑިވިޜަންގައި ވާދަކުރަނީ ގޮއިދޫ، މާޅޮސް، ދަރަވަންދޫ، ކުޑަރިކިލު، ކަމަދޫ އަދި ދޮންފަނެވެ. 

މާރެސް ވޮލީ މުބާރާތް: ޓީމް ގޮއިދޫ

2016 ވަނަ އަހަރު ފެށި މިމުބާރާތުގައި މިހާތަނަށް ވަނީ އަންހެން ޑިވިޝަންގެ 3 މުބާރާތެއް ބާއްވާފައެވެ. 

ނިމިދިޔަ އއަހަރުގެ މުބާރާތުގައި އަތޮޅުގެ 5 ރަށަކުން 8 ޓީމް ވާދަކޮށްފައިވާ އިރު، ފިރިހެން ޑިވިޜަން އަދި އަންހެން ޑިވިޜަންގެ ޗެމްޕިއަންކަންވެސް ހޯދާފައިވަނީ ގޮއިދޫއިންނެވެ. 

މާރެސް ޖަމިއްޔާއިން މި މުބާރާތް ބާއްވަމުން އަންނަނީ އަތޮޅުގައި ތިބި ވޮލީކުޅުންތެރިންނަށް މުބާރާތެއްގައި ވާދަކޮށް އެކުޅުންތެރިންގެ ހުނަރު ދައްކާލުމަށް ފުރުޞަތުހޯދައި ދިނުމަށާއި ކުޅުންތެރިންގެ ހުނަރު ރަނގަޅުކުރުމުގެ ފުރުޞަތު ހޯދައިދިނުމަށެވެ. އަދި އެއްމާޙައުލަކުން ބައްދަލުވެ، އެކުވެރިކަން އާލާ ކުރުވުމަށެވެ.

ޝެއަރ ކުރައްވާ

ކިޔުންތެރިންގެ ޚިޔާލު

ޚިޔާލު ލިޔުއްވާ
ނަން ލިޔުއްވާ