ތުޅާދޫ ދާއިރާގެ އިންތިޚާބް ބާތިލް ކުރަން ސުޕްރީމް ކޯޓަށް

ތުޅާދޫ ދާއިރާ ކާމިޔާބު ކުރެއްވި ހިސާން ހުސައިން އަށް ތުޅާދޫ ޢަޠީފް މަރުޚަބާ ދަންނަވަނީ ---

ބ. ތުޅާދޫ ދާއިރާގެ އިންތިޚާބް ބާތިލް ކުރަން ސުޕްރީމް ކޯޓަށް ދާނެ ކަމަށް ބުނާ އޯޑިއޯއެއް ލީކްވެއްޖެއެވެ.

އެ އޯޑިއޯ އިން އިނގޭ ގޮތުގައި ތުޅާދޫ ދާއިރާގެ އިންތިޚާބް ބާތިލްކުރުމަށް ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅަން ނިންމާފައި ވަނީ އާދިއްތަ ދުވަހުގެ ހެނދުނެވެ.

ލީކްވެފައިވާ އޯޑިއޯގައި ވާހަކަ ދައްކާފައިވަނީ ދެ މީހެކެވެ.. އޭގެ ތެރެއިން އެކަކަކީ ވަކީލެއް ކަމަށް ބެލެވެއެވެ.

މި އޯޑިއޯގައި ވަކީލާ ވާހަކަ ދެއްކި މީހާ ބުނާ ގޮތުން އޭނާ އަތުގައި ޕީޕީއެމުން ދިން ސިޓީ އާއި އިލެކްޝަންސް ކޮމިޝަނުން ޕީޕީއެމްއަށް ދިން ސިޓީގެ ޖަވާބު އެބައޮތެވެ. އަދި އިލެކްޝަނުން ދިން ސިޓީގެ ޖަވާބުގައި ބުނާ ގޮތުން އެ މައްސަލަ އިތުރަށް ބަލަން ބޭނުންވާ ނަމަ ސުޕްރީމް ކޯޓަށް ދިއުމަށް އަންގާފައިވާ ކަމަށް އެމީހާ ބުނެއެވެ.  އެމީހާގެ އެ ވާހަކަތަކަށް ރައްދުދީ ވަކީލު ބުނެފައިވަނީ އެ މައްސަލަ އަދި ސުޕްރީމް ކޯޓަށް ހުށަހެޅިޔަސް މައްސަލަ ނިމޭނެ ގޮތް ނޭނގޭ ކަމަށެވެ.

ވަކީލުގެ އެވާހަކަތަކާ ގުޅިގެން އެމީހާ ބުނެފައި ވަނީ “އެއީ ގެރެންޓީ އެއްޗެއް” ކަމަށާއި އެ ވާހަކަ އިތުރަށް ދައްކަން ބޭނުންނުވާ ކަމަށެވެ. އަދި އެކަހަލަ ބޭކާރު ކަމެއް ނުކުރާނެ ކަމަށް ވެސް އެމީހާ ބުނެފައިވެއެވެ.

ވަކީލު މާ ގިނަ އަޑުއެހެންތަކަށް ދާން ނުޖެހޭނެކަން ފާހަގަކޮށް އެމީހާ ބުނެފައިވަނީ ސުޕްރީމް ކޯޓުން އަމުރެއް ނެރޭނެ ކަމަށެވެ. އަދި އެ މައްސަލާގައި މާބޮޑު ވަކާލާތު ކުރުންތަކެއް ނޯންނާނެ ކަމަށް ވެސް އެމީހާ އޯޑިއޯގައި ވަކީލު ކައިރީގައި ބުނެފައިވެއެވެ.

ތުޅާދޫ ދާއިރާއަށް ވާދަކުރުމަށް ޕީޕީއެމްގެ ރައީސް، ރައީސް ޔާމީން، ބ.ތުޅާދޫ، ފަނާރު، މުޙައްމަދު ޢަޠީފަށް ޕީޕީއެމްގެ ޓީކެޓް ދީފައި ވަނީ 2018 ޑިސެމްބަރު 18 ވަނަ ދުވަހެވެ.

ރައީސް ޔާމީން، ޢަޠީފަށް ޓިކެޓް ދިން ނަމަވެސް 2019 މާރޗް 04 ވަނަ ދުވަހު ޕީޕީއެމް އިން ވަނީ ޢަޠީފަށް ކުރި ތާޢީދު އަނބުރާ ގެނައުމަށްފަހު، ޕީޕީއެމް އިން ޢަޠީފަށް ދީފައިވާ ޤަރާރު ބާތިލްކޮށް ޢަޠީފްގެ ކެންޑިޑެންސީ ބާޠިލް ކުރުމަށް އިލެކްޝަން ކޮމިޝަނަށް ހުށަހަޅާފައެވެ.

2019 މާރޗް 07 ވަނަ ދުވަހު ޕީޕީއެމް އިން ގެންދިޔަ ތާޢީދު ދެވަނަ ފަހަރަށް ޢަޠީފަށް ދިން ނަމަވެސް މާރޗް 26 ވަނަ ދުވަހު ވަނީ ދެވަނަ ފަހަރަށް ތާޢީދު އަނބުރާ ގެންދިޔުމަށްފަހު ޕީޕީއެމްގެ ތާޢީދު އަމިއްލަ ގޮތުން ވާދަކުރެއްވި ކެންޑިޑެޓަކަށް ދީފައެވެ.

ތުޅާދޫ ދާއިރާ ކާމިޔާބު ކުރެއްވި ހިސާން ހުސައިން އަށް ތުޅާދޫ ޢަޠީފްގެ ޓީމުން މަރުޙަބާ ދެންނެވެުން —

ހިސާން ހުސައިން އާއި ވާދަކޮށް އިންތިހާބުން ނާކާމިޔާބުވި ތުޅާދޫ ޢަޠީފް ވަނީ ހިސާން ހުސައިން އަށް މަރުޚަބާ ދަންނަވައި ދާއިރާގެ ތަރައްޤީއަށް ކުރައްވާ ކޮންމެ މަސައްކަތެއްގައި އެއްބާރުލުންދީ ހިސާންއާއި ގުޅިގެން މަސައްކަތް ކުރާނެ ކަމުގެ ޔަޤީންކަން އަރުވާފައެވެ. އަދި ޒިންމާދާރު ކުރުވަން ޖެހޭ ކޮންމެ ވަގުތެއްގައި ތުޅާދޫ ޢަޠީފް އާއި ޢަޠިފްގެ ޓީމް ތެދުވެ ޒިންމާދާރު ކުރުވާނެ ކަމަށްވެސް ޢަޠީފް ވަނީ ހިސާން އަށް ދަންނަވާފައެވެ.

އިލްކްޝަންސް ކޮމިޝަންގެ ދާއިމީ ނަތީޖާތައް ދައްކާ ގޮތުން ރައްޔިތުން މަޖިލީހުގެ ތުޅާދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރައްވާފައިވަނީ ގާނޫނީ ވަކީލް ހިސާން ހުސައިނެވެ. އިންތިހާބުގައި ހިސާންއަށް 1521 ވޯޓް ލިބިފައިވާއިރު މި ދާއިރާއަށް ޕީޕީއެމްގެ ޓިކެޓްގައި ވާދަކުރި ކެންޑިޑޭޓް މުހައްމަދު އަތީފަށް ލިބިފައިވަނީ 796 ވޯޓެވެ.  

ޝެއަރ ކުރައްވާ

ކިޔުންތެރިންގެ ޚިޔާލު

ޚިޔާލު ލިޔުއްވާ
ނަން ލިޔުއްވާ