ތުޅާދޫ ދާއިރާ އެމްޑީޕީ ޕްރައިމަރީގައި ވާދަކުރަނީ 5 ފަރާތަކުން

2019 ވަނަ އަހަރުގެ ރައްޔިތުންގެ މަޖްލިސް އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ތުޅާދޫ ދާއިރާއަށް ވާދަކުރާނެ މީހަކު ހޮވުމަށް ބާއްވާ ޕްރައިމަރީގައި ވާދަކުރާނީ 5 ފަރާތަކުންކަން ކަށަވަރު ވެއްޖެއެވެ.

އެގޮތުން ޕްރައިމަރީގައި ފޯމް ހުށަހެޅުމުގެ މުއްދަތު އިއްޔެ ހަވީރު 04:00 އަށް ހަމަވިއިރު ފޯމް ހުށަހަޅާފައިވަނީ:
– ހިސާން ހުސައިން
– އިބްރާހިމް ފައުޒީ
– ނާފިއު އަބްދުލްރަހީމް
– އަހުމަދު ރިޔާޒް
– މުހައްމަދު ފަޒީން

ފޯމް ހުށަހެޅުމުގެ ވަގުތު ހަމަވީއިރު، ކުރިން ފޯމް ހުށަހަޅާނެ ކަމަށް ބެލެވުނު އަހުމަދު ރަމީޒް ފޯމް ހުށަހަޅަފައެއް ނުވެއެވެ.

އެމްޑީޕީ ޕްރައިމަރީގެ ވޯޓުލުން އޮންނާނީ އަންނަ މަހުގެ 18 ގަ އެވެ. މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓަށް ކުރިމަތިލުމަށް ހުޅުވާލި މުއްދަތު ހަމަވިއިރު 86 ދާއިރާއަށް 280 ކެންޑިޑޭޓަކު ވަނީ ކުރިމަތިލާފައެވެ.

ޝެއަރ ކުރައްވާ

ކިޔުންތެރިންގެ ޚިޔާލު

ޚިޔާލު ލިޔުއްވާ
ނަން ލިޔުއްވާ