ޕްރައިމަރީގައި ވާދަކުރުމަށް ނާފިއު ފޯމް ހުށަހަޅައިފި

2019 ވަނަ އަހަރުގެ ރައްޔިތުންގެ މަޖްލީހުގައި އެމްޑީޕީގެ ފަރާތުން ތުޅާދޫ ދާއިރާއަށް ވާދަކުރާނެ ކެނޑިޑޭޓެއް ހޮވުމަށް ބާއްވާ ޕްރައިމަރީގައި ބައިވެރިވުމަށް ނާފިއު އަބްދުލްރަހީމް ފޯމް ހުށަހަޅައިފިއެވެ.

ނާފިއު ފޯމް ހުށަހަޅާފައިވަނީ މިއަދުގެ ހެނދުނުގެ ވަގުތެއްގައެވެ.

ނާފިއުއާއެކު އެމްޑީޕީ މަޖްލިސް ޕްރައިމަރީގައި ވާދަކުރުމަށް ފޯމް ހުށަހެޅި މީހުންގެ އަދަދުވަނީ 5 ކަށް އަރާފައެވެ. މީގެ ކުރިން ހިސާން ހުސައިން، އިބްރާހިމް ފައުޒީ، އަހުމަދު ރިޔާޒް އަދި މުހައްމަދު ފަޒީންވަނީ ޕްރައިމަރީގައި ބައިވެރިވުމަށް ފޯމް ހުށަހަޅަފައެވެ.

ނާފިއުއަކީ ނިމިދިޔަ ރިޔާސީ އިންތިހާބުގައިވެސް އެމްޑީޕީގެ ފަރާތުން ވަރަށް ހަރަކާތްތެރިކޮށް ކެމްޕެއިންގައި އުޅުނު ފަރާތެކެވެ. މީގެ އިތުރުން ތުޅާދޫގެ ޒުވާނުންނާއިވެސް ނާފިއު ގާތް ގުޅުމެއް އޮވެއެވެ

އެމްޑީޕީން ވަނީ އަންނަ އަހަރުގެ އޭޕްރީލް 6 ގައި އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި 87 ދާއިރާއަށް ވާދަކުރަން ނިންމައިފަ އެވެ. އެމްޑީޕީ ޕްރައިމަރީގެ ވޯޓުލުން އޮންނާނީ އަންނަ މަހުގެ 18 ގަ އެވެ. އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރުމަށް މިހާތަނަށް 100 އަށްވުރެ ގިނަ މީހުން ވަނީ ކުރިމަތިލައިފަ އެވެ.

އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރަން ކުރިމަތިލާ އިރު، އިންތިޚާބުގައި ކުރިމަތިލާ ދާއިރާގެ ވޯޓުލުމުގެ ހައްގު ލިބިގެންވާ 200 މީހުންގެ ސޮއި ހުށަހަޅަން ޖެހެ އެވެ.

ޝެއަރ ކުރައްވާ

ކިޔުންތެރިންގެ ޚިޔާލު

ޚިޔާލު ލިޔުއްވާ
ނަން ލިޔުއްވާ