ތުޅާދޫ ދާއިރާގެ ޕީޕީއެމް ޓިކެޓް އަތީފްއަށް

2019 ވަނަ އަހަރުގެ ރައްޔިތުންގެ މަޖްލީހުގެ އިންތިހާބުގައި ޕީޕީއެމްގެ ފަރާތުން ވާދަކުރުމަށް ބ.ތުޅާދޫ / ފަނާރު މުހައްމަދު އަތީފްއަށް އެޕާޓީގެ ޓިކެޓް ދީފިއެވެ.

އަތީފްއަށް ޓިކެޓް ދީފައިވަނީ އިއްޔެ ޕީޕީއެމްގެ ފަރާތުން ރައްޔިތުންގެ މަޖްލީހުގެ އިންތިހާބުގައި ވާދަކުރާ ފަރާތްތަކަށް ޓިކެޓް ދިނުމަށް ބޭއްވި ރަސްމިއްޔާތެއްގައެވެ. މިރަސްމިއްޔާތުގައިވަނީ 13 ފަރާތަކަށް ޓިކެޓް ދީފައެވެ.

ޕީޕީއެމްގެ ތުޅާދޫ ބޮޑު ގޮފީގެ ރައީސްކަން ކުރައްވަމުން ގެންދަވާ އަތީފްވަނީ ނިމިދިޔަ ރިޔާސީ އިންތިހާބުގައި ރައީސް ޔާމިންގެ ކެމްޕެއިންގެ އިސްސަފުގައި ހަރަކާތްތެރިވެފައެވެ. 9 އަހަރު މޯލްޑިވްސް ޕޮލިސް ސަރިވިސްގައި ވަޒީފާ އަދާކުރި އަތީފްވަނީ އޮންލައިން މީޑިޔާއެއް ކަމަށްވާ “ވަގުތު” ގެ ޗީފް އޮޕެރޭޓިން އޮފިސަރ މަޤާމްވެސް އަދާކޮށްފައެވެ.

ޝެއަރ ކުރައްވާ

ކިޔުންތެރިންގެ ޚިޔާލު

ޚިޔާލު ލިޔުއްވާ
ނަން ލިޔުއްވާ